-
Notifications
You must be signed in to change notification settings - Fork 1
/
Copy pathdata.js
18 lines (17 loc) · 6.37 KB
/
data.js
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
titles = [
"\"ކީއް ތިކުރަނީ؟،\" އަތް ދަބަސް އެނދު މައްޗަށް އެއްލާލަމުން ދެ ފަޔަށް ލެވުނު ބާރެއް ލާފައި ގޮސް ވިޝާންއާ އަރާ ހަމަކޮށްލަމުން ޒީމާ އަހާލި އެވެ.",
"\"އަހަރެން ކިތައް ފަހަރު ބުނާނީ ތިގޮތަށް އަބަދު އަލަމާރި ތެރެ ހާވައި އެއްޗެހިތައް ހަޑިނުކުރާށޭ،\" ޒީމާ އެހެން ބުނުމުން ވިޝާން ދެ ފިޔަވަޅު ފަހަތަށް ޖެހިލަމުން ތިރިއަށް ބަލާލި އެވެ.",
"\"ޔޫ ޓޭކިން ދެޓް މެޑިސިން އެގެއިން ބޭބީ،\" ވިޝާންގެ އަޑު އައީ ދެން ހުރި މީހާ އަށް ސާފުވާ ވަރަށް ވުރެ މަޑުންނެވެ.",
"\"ގޮތްކުޑަ!\" ފުންމައިގެން އައިސް ވިޝާން ޒީމާގެ ކަރުގައި ހިފި އެވެ. ދެން އަލަމާރީގެ ދޮރަށް ތަތްކޮށްލި އެވެ",
"\"ހީ އިޒް ކޯލިން،\" ކޮޓަރިއަށް ވަދެގެން އައި ޒައިނާ ދައްކާލި ފޯނަށް އެ އަންނަނީ ވިޝާންގެ ކޯލެކެވެ."
];
paragraphs = [
"އެ އަޑުގައި ވަނީ ހާސްކަމެވެ. އެތެރެއަށް ބޯ ކޮށްޕައިގެން އަލަމާރި ހާވަމުން ދިޔަ ވިޝާން ލަސް ހަރަކާތުގައި ބޯ ދަމައިގަނެގެން ޒީމާއާ ދިމާލަށް އެނބުރިގަތެވެ. ވިޝާންގެ މޫނުގެ ކުލަވަރު ފެނިފައި ޒީމާގެ ހާސްކަންވީ އިތުރެވެ. ނަމަވެސް އޭނާ މަސައްކަތްކުރީ ހަމަޖެހިލުމަށެވެ. އޭރު ވެސް ވިޝާން ބަލަހައްޓައިގެން ހުރީ، އަތް ދަމާލާފައި އެތިފަހަރެއް އަޅުވައިލެވޭހާ ގާތުގައި ހުއްޓިގެން ހުރި ޒީމާ އަށެވެ. އޭނާ ކަޅި ވެސް ޖަހާ ނުލަ އެވެ.",
"\"އަހަރެން ކިތައް ފަހަރު ބުނާނީ ތިގޮތަށް އަބަދު އަލަމާރި ތެރެ ހާވައި އެއްޗެހިތައް ހަޑިނުކުރާށޭ،\" ޒީމާ އެހެން ބުނުމުން ވިޝާން ދެ ފިޔަވަޅު ފަހަތަށް ޖެހިލަމުން ތިރިއަށް ބަލާލި އެވެ.",
"އޭރު ޒީމާގެ މޭކަޕް ސެޓާއި ސެންޓްފުޅި އޮތީ ތަޅުންގަނޑު މައްޗަށް ވެއްޓި ތަޅައިގެންގޮސްފަ އެވެ. އިތުރު ދެ ފިޔަވަޅު ފަހަތަށް ނެގުމަށް ފަހު ޖެހިގެން ހުރި ޑަބަލް އެނދުގެ އަރިމަތީގައި ވިޝާން އިށީނެވެ. އެއްޗެއް ނުފެނިގެން އޭނާ ވަރުބަލިވެ ފޫހިވެފައިވާ ކަހަލަ އެވެ. ވިޝާން އެނދުގައި އިށީނުމާ އެކު ޒީމާ އަލަމާރި ކައިރިއަށް ތިރިވެ، ތަޅައިގެން ގޮސްފައި އޮތް ސެންޓްފުޅި އާއި މޭކަޕް ސެޓްގެ ބައިތައް އެއްކުރަން ފަށައިފި އެވެ.",
"ވިޝާންގެ އަތް ދަށުން ދެމިގެން ގޮސް ޒީމާ ވަނީ ފާޚާނާ އަށެވެ. އެއަށްފަހު ދޮރުގައި ތަޅުލީ އެވެ. ދޮރުފަތުގައި ލެނގިލައިގެން ހުރި ޒީމާ ދެން ސިއްސައިގެން ދިޔައީ ވިޝާން ބޭރުން ދޮރުފަތުގައި އަޅުވާލި އެތިފަހަރަކުންނެވެ. ސިއްސައިގެން ގޮސް ޒީމާ ދޮރާ ދިމާލަށް އެނބުރުނެވެ. އަނެއްކާވެސް ބޭރުން ނިކަން ބާރަށް ދޮރުގައި އެތިފަހަރެއް އަޅުވައިލި އެވެ.",
"އިރުކޮޅެއްފަހުން އިވުނީ ކޮޓަރީގެ ދޮރު ނިކަން ބާރަށް ޖެހުނު އަޑެވެ. ފުން ނޭވާއަކާ އެކު ޒީމާ އެނބުރިގަތީ މޫނު ދޮންނަ ތަށިގަނޑަށެވެ. މޫނު ދޮވެލައިގެން އެނބުރިގަތް ވަގުތު އޭނާގެ ދެ ލޯ ދަމައިގަތީ ފާހާނާ ތަށްޓަށެވެ. ތަންކޮޅެއް ގާތަށް ޖެހިލަމުން އޭނާ އެތެރެއަށް ބަލައިލި އެވެ. ތަށިގަނޑު ތެރެއަށް އަޅާފައި ހުރީ ވިޝާނަށް ފޮރުވައިގެން ޒީމާ ގެންގުޅޭ ބޭސްތަކެވެ. ދެ މީހުންގެ ކައިވެންޏަށް ދަރިއަކު ލިބުމަށް ހުރަސް އަޅަނީ އެ ބޭސްތަކެވެ. ކައިވެންޏަށް ތިން އަހަރު ވަނީ އެވެ.",
"ޒީމާ އަކީ ޓީޗަރެކެވެ. މާލޭގެ އެންމެ އަގު ބޮޑު ޕްރައިވެޓް ސްކޫލްގެ ޓީޗަރެކެވެ. ކޮންމެ ދުވަހަކު އެތަކެއް ސަތޭކަ ކުދިންނާ އޭނާއާ ބައްދަލުވެ އެވެ. އެ މީހުންގެ ސަކަރާތާއި ހަޅޭކުގެ އަޑަށް ފަރިތަވެފައި ވިޔަސް ފަހަރެއްގައި އޭނާ ކުއްޖަކު ބޭނުން ނުވަނީ އެ އަހުލާގަށް ފޫހިވެފައިވީމަ އެވެ.",
"ނުވަތަ ވިޝާންގެ މާޒީގެ ސަފުހާތައް އަނދިރިކަމުން، ދަރިއަކު ހޯދަން އޭނާ ބޭނުން ނުވަނީ އެވެ. ވިޝާން އާއި ޒީމާ އެންމެ ފުރަތަމަ ދިމާވީ މީގެ ހަތް އަހަރު ކުރިންނެވެ. އެ ދުވަހު ވެސް ވިޝާން ހުރީ ހަމައިގައެއް ނޫނެވެ. އެކަން ޒީމާ އަށް އެނގުނީ ފަހުން ކުރެވެން ފެށި ޝައްކުތަކާ ގުޅިގެން މައްސަލަ ހޫނުވެ އެންމެފަހުން ވިޝާން އަމިއްލަ އަށް ހުރިހާ ވާހަކައެއް ކިޔައިދިނުމުންނެވެ. ޒީމާއާ ދިމާވިއިރު ވެސް ވިޝާން އަކީ އެޑިކްޓެކެވެ.",
"ވަކިނުވެވޭ ވަރަށް ލޯބިވެވި އެންމެފަހުން ޒީމާ އާއި ވިޝާންގެ ހިތާއި ހިތުމުގެ ގުޅުމުގައި ގޮށްޖެހުނީ އެވެ. އަދި ބަދަލުކުރި ކައިވެނީގެ ވައުދުތަކާއި އަހުދުތަކާ އެކު ވިޝާން ވެސް ކުރީގެ ދިރިއުޅުން ދޫކޮށްލަން އެއްބަސްވެ މަސައްކަތް ފެށީ އެވެ. ނަމަވެސް ދަރިއަކު ހޯދަން ޒީމާ ދެކޮޅުހެދި ހިސާބުން އަނދިރިކަން އައިސް އެމީހުންގެ ހަޔާތް އަނެއްކާވެސް ވަށާލީ އެވެ."
];